ބުރޫނާއީގައި ކުޅުނު ދެވަނަ މެޗުންވެސް ލަންކާ ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. ފުރަތަމަ މެޗުގައި މީގެ ދެ ދުވަސް ކުރިންވެސް ހަމަ އެ ނަތީޖާއިން ބަލިވިއިރު، މިރޭ ކުޅުނު މެޗުން ބަލިވީ ބުރޫނާއީގެ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެއެވެ.
ފީފާ ރަސްމީ ދެ ފްރެންޑްލީގެ ގޮތުގައި ކުޅުނު މި ދެ މެޗުގައިވެސް ލަންކާ ޓީމު ލީޑު ކުރީ، ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެން ކުޅުނު ތަޖުރިބާކާރު ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ. ލަންކާއިން ބުރޫނާއީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މި މެޗުތަކުގައި އެ ގައުމަށް ނިސްބަތްވާ ބިދޭސީ ލީގުތަކުގައި ކުޅޭ ބައެއް ކުޅުންތެރިން ބައިވެރިވިއެވެ.
ފީފާގެ އެހީތެރިކަމާއެކު ލަންކާއިންވަނީ ދާދި ފަހުން އެ ގައުމުގައި ހަތަރު ގައުމު ބައިވެރިވާ ފޯނޭޝަންސް މުބާރާތެއްވެސް ކުޅެފައެވެ.