ads
ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
އަބްދުއްރަހީމާއި ތާހާއަށް ކޮމެޓީން ރުހުން ދީފި
ދެ ގައުމަކަށް ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުވި ދެ ނަމަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ،
Advertisement

އެ ކޮމެޓީން ރުހުން ދޭން ނިންމީ ތުރުކީގައި ހުންނަ ދިވެހި ސަފީރުކަމަށް އައްޔަންކުރަން ފޮނުވި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކުރިން ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްއާ ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށްް އައްޔަންކުރަން ފޮނުވި މުހައްމަތު ތާހާ އަށެވެ. މި ދެ ނަމަށްވެސް ރުހުން ދޭން ފެންނަކަމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. 

ސަފީރުކަމަށް އައްޔަންކުރަން އަބްދުއްރަޙީމް އަބްދުއްލަތީފާއި މުހައްމަތު ތާހާގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 20 ވަނަދުވަހުއެވެ.

މި ދެ ނަމުގެ ތެރެއިން ތާހާ ސައުދީގައި ހުންނަ އެމްބަސީގެ ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ކުރިން ވަނީ ރުހުން ދީފައެވެ. އެހެންނަމަވެސް އޭނާ ޕާކިސްތާނަށް ބަދަލުކުރަން ނިންމާފައިވާތީ  ސައުދީ ސަފީރުކަމަށް ރަސްމީކޮށް އައްޔަންކޮށްފައެއް ނުވެއެވެ. 

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވާ ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަދުވަހުއެވެ. އޭނާ އުމުރުން 60  އަހަރުގައި ސިފައިންގެ ހިދުމަތުން ރިޓަޔާކޮށްފައިވަނީ 39 އަހަރުގެ ހިދުމަތަށްފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް