ads
ިދިވެހި އަމީރުލް ހައްޖު ދިވެހި ހައްޖާޖީންނާއި ބައްދަލުކުރައްވަނީ
އަމީރުލް ހައްޖު ދިވެހި ހާޖީން ގާތަށް، އެންމެން ރަނގަޅު
ދިވެހިންގެ މިއަހަރުގެ އަމީރުލް ހައްޖުގެ ރާއްޖެއިން ހައްޖަށް ދިޔަ ދިވެހިންނާއި ބައްދަލުކޮށްފިއެވެ.
Advertisement

މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއުއެވެ. އޭނާ މައްކާއަށް ވަޑައިގަތީ އިއްޔެ ވަގުތެއްގައެވެ. 

ދިވެހި ހައްޖު މިޝަނުން ބުނީ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި ޝަފީއު ރޭ ހައްޖުވެރިންނާއި ބައްދަލުކޮށް ހާލު އޮޅުންފިލުވާފައިވާކަމަށެވެ. އަދި ދިވެހި ހުރިހާ ހާޖީންގެ ހާލުވެސް ރަނގަޅުކަމަށް ހައްޖު މިޝަނުން ބުނެއެވެ. 

މި ފަހަރުހެ ހައްޖުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދެ ކަނބަލުންނާއި އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝެއިހް މުހައްމަދު ލަތީފުވެސް ބައިވެރިވެއެވެ. 

your imageއަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި ޑރ އިސްމާއިލް ޝަފީއުއާ ޑރ ޝަހީމް 

ރާއްޖެއިން މިއަހަރުގެ ހައްޖަށް ދިޔަ 1150 ހާޖީން މިވަގުތު ތިބީ މައްކާގައެވެ. އޭގެތެރޭގައި ސަރުކާރު ހަރަދުގައި ހިލޭ ހައްޖަށް ގެންދާ 50 މީހުންވެސް ހިމެނެއެވެ. މި ހުރިހާ ހައްޖުވެރިން މިނިނާއަށް ދިޔުމަށް މައްކާއިން ނުކުންނާނީ ހުކުރުދުވަހު މެންދުރުފަހުއެވެ. 

ރާއްޖެއަށް ހައްޖަށް ދޭ ރަސްމީ ކޯޓާ 1000ގެ އިތުރަށް މި އަހަރު 150 މީހުންގެ ކޯޓާއެއް ސައުދީން ވަނީ ރާއްޖެއަށް ދީފައެވެ. 

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް