ads
ފަލަސްތީނަސް އެހީވުމަށް ފެށި ޓެލެތޯން ފައްޓަވާ ދެއްވުމުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ފަލަސްތީނަށް އެންމެ ބޮޑު އެހީއެއް ދޭ ދުވަހަކަށް މިއަދު ހަދާދީ: ރައީސް
މިއަދަކީ ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް، ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދޭ ދުވަސްކަމުގައި ހަދާދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ފެށި ޓެލެތޯން "ފަލަސްތީނާއެކު ދިވެހީން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއަދު ކުރޔަށްދާ ޓެލްތޯނުން އެއް ކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. 

މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ގައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް ރައީސް އިލްތިމމާސްކުރެއްވިއެވެ. އަދީ މީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް ކަމުގައި ރައިސް ވަނީ ވިދާޅުވެފައެވެ.

your image"ފަލަސްތީނާއެކު ދިވެހީން" ޓެލްތޯނަށް ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ފައިސާ ހަދިޔާކުރައްވަނީ 

ސަރުކާރުން އިސްނަގައިގެން ކުރިޔަށް ގެންދާ މި ޓެލްތޯން ކުރިޔަށް ގެންދަނީ  ޕީއެސްއެމުންނެވެ.  މި ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަމަށްް އެ ކުންފުނިން ބުނެއެވެ. 

މިއަދު ހެނދުނު 8 ޖެހިއިރު ފެށު މި  ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް