ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ތަށި ރެޑް ހޯކްސްއިން ދިފާއުކުރީ، ފައިނަލުގައި އޮރީކްސް ހޭންޑްބޯލް ކްލަބް ބަލިކޮށްނެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރެޑްހޯކްސް އިން ތަށި އުފުލާލީ އޮރީކްސްގެ 21-23 ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ރެޑްހޯކްސްގެ އައިޝަތު އާލާ އަލީ އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ރެޑްހޯކްސްގެ ފިރުޝާނާ ނަސީރު، ޔަސްފާ އާދަމް، ފާތުމަތު ޖުނާ، ފާތިމަތު ތުހުފާ، އަދި އާލާ އެވެ. ދެން ހިމެނެނީ، އޮރީކްސްގެ އައިޝަތު ރީމާ އާއި ޒުލޭހާ އިބްރާހިމް އެވެ.
މި އަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ވާދަކުރިއެވެ.