އަންނަ ހުކުރު ދުވަހުގެރޭ ޖަރުމަނުގައި ފަށާ ޔޫރޯ މުބާރާތުގެ ކުރިން ޕޯޗުގަލުން ކުޅުނު މި ފްރެންޑްލީ މެޗުން ޕޯޗުގަލް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. ޕޯޗުގަލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އުމުރުން 39 އަހަރުގެ ރޮނާލްޑޯއެވެ. މި ލަނޑުތަކާއެކު، ގައުމީ ޓީމަށް ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު 130 އަށް އެރީއެވެ. ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮންނަ ކުޅުންތެރިޔާ އެވެ.
ހުކުރު ދުވަހު ފަށާ، ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލް ލައްވާލީ ގްރޫޕް އެފްގަ އެވެ. ޕޯޗުގަލްގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނެނީ, ތުރުކީ, ޖޯޖިއާ އަދި ޗެކް ރިޕަބްލިކް އެވެ.