ads
ފަލަސްތީނާއެކު ތިބިކަން ހާމަކޮށް އެސްޓީއޯގެ ހެޑް އޮފީހުގައި ބެނާއެއް ދަމާފައި - ފޮޓޯ:އެސްޓީއޯ
އެސްޓީއޯއިން "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ތިންލައްކަ ރުފިޔާ
"ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕުގެ ފަރާތުން ތިންލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
Advertisement

"ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯނަށް އެސްޓީއޯގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ތިންލައްކަ ރުފިޔާގެ އެހީ އާ ހަވާލުވެވަޑައިގެންފައި ވަނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީނެވެ.

އެސްޓީއޯގެ ފަރާތުން ފައިސާ ހަދިޔާ ކުރުމަށްފަހު ބުނެފައި ވަނީ މި އެހީއަކީ ގައުމީ ފެންވަރުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގޭ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން އެ ކުންފުންޏާއި ކުންފުނީގެ މެނޭޖްމަންޓުގެ ނަމުގައި ދެވުނު އެހީއެއް ކަމަށެވެ.

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ހެޑް އޮފީހާއި ޕީޕަލްސް ޗޮއިސްގައި ފަންޑު ފޮއްޓެއް ބަހައްޓާފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ސަރަހައްދީ ފިހާރަތަކުގަ އާއި ރަށްރަށުގައި ހުންނަ އެސްޓީއޯ ފާމަސީތަކުން ވެސް އަންނަނީ މި ހަރަކާތުގައި ބައިވެރިވެ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމުގަ އެވެ.

your imageފަލަސްތީނަށް އެހީވާން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަންޑު ފޮއްޓެއް ބަހައްޓާފައި - ފޮޓޯ:އެސްޓީއޯ

"ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަށް ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ ޓެލެތޯނެކެވެ. ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ ޓެލެތޯނު މިއަދު ހެނދުނު 08:00 އިން ފެށިގެން މިރޭ ދަންވަރު 12:00 އާ ހަމައަށް ކުރިއަށްދާއިރު، މި ޓެލެތޯނުގެ ތެރެއިން މާލޭ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފަ އެވެ.

މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ފަސޭހަކަމާ އެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް