ސައުތުގޭޓް އިންގްލެންޑްގެ ހެޑް ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ސައުތުގޭޓް ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ޔޫރޯއަކީ ތަށްޓެއް ހޯދުމަށް އޭނާއަށް ލިބޭ އެންމެ ފަހި އަދި އެންމެ ފަހު ފުރުސަތަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އުމުރުން 53 އަހަރުގެ ކޯޗުވަނީ ޔޫރޯ 2020 ގެ ފައިނަލަށް އިންގްލެންޑް ލީޑްކޮށްދީ، 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ތިން ވަނަ އަށް އިންގްލެންޑް ގެންގޮސްދީފައެވެ.
މިޑިލްސްބްރޯގެ ކުރީގެ ކޯޗު ސައުތުގޭޓް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވެދާނެ ކަމަށް މި ފަހުން ވާހަކަ ދެކެވުނަސް އެކަން އޭނާވަނީ ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ހުރިހާ ފޯކަސްއެއްވެސް ހުރީ ޔޫރޯ މުބާރާތަށެވެ.
ޔޫރޯގައި އިންގްލެންޑުން ގްރޫޕް ސީގެ ކެމްޕޭން އާދީއްތަ ދުވަހު ސާބިއާއާ ދެކޮޅަށް ފަށާއިރު، އޭގެ ފަހުން މެޗުތައް ކުޅޭނީ ޑެންމާކާއި ސްލޮވޭނިއާއާ ދެކޮޅަށެވެ.