ސަސްއާ އޮޑި ކުޅުނު މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. މި މުބާރާތުގައި ސަސް އިން ކުޅުނު ފުރަތަމަ މެޗުގައި ބުރު އަތުން މޮޅުވިއިރު، އޮޑިން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް އަތުން ވަނީ ބަލިވެފަ އެވެ.
މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެ އެވެ. މިރޭ ކުޅޭނީ، ގްރޫޕް އޭގެ ޓީސީ ސްޕޯޓްސް ކުލަބް އާއި ބުރު ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗެވެ. މި މެޗުން މޮޅުވެ، ޓީސީ އަށް ސެމީން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.