ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަށް ފަހަރު ހޯދާފައިވާ، އަދި ވޯލްޑްކަޕްވެސް ހޯދާފައިވާ މެސީ އެމެރިކާގެ އިންޓަމިޔާމީއަށް ބަދަލުވީ ފްރާންސްގެ ޕީއެސްޖީންނެވެ. މެސީ އީއެސްޕީއެންއަށް ދިން އިންޓަވިޔުއެއްގައި ބުނީ އޭނާ ދެން އިތުރު ކުލަބަކަށް ބަދަލުވާން ނުވިސްނާ ކަމަށެވެ.
އިންޓަ މިއާމީގެ ސީޒަންގެ މޮޅު ކުޅުންތެރިޔަކީވެސް މެސީއެވެ. ފްރާންސްގެ ޕީއެސްޖީ ދޫކޮށް އެމެރިކާ ލީގަށް މެސީ ބަދަލުވީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މެސީ އިންޓަ މިއާމީއަށް ބަދަލުވުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ.