ހުޅުމާލޭ ޖަލުން ބުނީ މި ހާދިސާ ހިނގާފައިވަނީ ޖަލު އޮފިސަރު ޖަލުން ނުކުމެގެން ފޭސް ދޭކަށް ދިޔަ މަގުމަތީގައިކަމަށެވެ. އަދި މިކަން ކުރީ އޭނާގެ ފަހަތުން ދެ މީހަކު ސައިކަލެއްގައި ގޮސްކަމަށްވެސް ހުޅުމާލޭ ޖަލުން ބުނެއެވެ.
ކަރެކްޝަނުން ބުނީ މި މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރިކަމެއް އަދި ފުލުހުން ނުބުނެއެވެ.
ކަރެކްޝަނުން ވަނީ ޖަލު އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ސަމާލުވެގެން އުޅުމަށްް އިލްތިމާސްކޮށްފައެވެ.