ads
ބީދޭސީންގެ މައްސަލަ ހައްކުކުރުމަށް ހިންގާ ކުރަނގި އޮޕަރޭޝަންގެ ތެރެއިން
ބިދޭސީން ހޯދާ "ކުރަނގި" މާފުށްޓަށް ޖައްސައިފި
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި އޮޕަރޭޝަން "ކުރަނގި" މާލެ އަތޮޅު މާފުށިގައި މިއަދު ފަށައިފިއެވެ.
Advertisement

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ހަރަކާތެެއްގައި ގޮތުގައި އޮޕަރޭޝަން "ކުރަނގި" މިނިސްޓްރީން ފެށީ މިދިޔަ މޭމަހުގެ 2 ވަނަދުވަހު ހިންމަފުށީގައެވެ.  

"ކުރަނގި" އޮޕަރޭޝަނާއި ގުޅޭ ގޮތުން އެންމެ ފަހުން ހާމަކުރި ހިސާބުތަކަށްް ބަލާއިރު 705 ބިދޭސީންގެ ފިންގަޕްރިންޓް ނަގައި މައުލޫމާތު ކަށަވަރުކޮށްފައިވާކަމަށް ދާހިލީ ވުޒާރާއިން ވަނީ ބުނެފައެވެ. 

މި އޮޕަރޭޝަންގެ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށްފަހު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފަސޭހަ އިންތިޒާމުތަކެެއް ހަމަޖައްސާނެކަމަށް ދާހިލީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އެއްވެސް އައިޑެންޓީއެއް ނެތް މީހުން އެމީހުންގެ ގައުމަތަކާއި ގުޅި ޓްރެވަލް ޑޮކިއުމެންޓް ހަދާ އެމީހުން ފޮނުވާލާނެކަންވެސް ވަޒީރު އިހްސާން ފާހަގަކުރައްވާފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

your imageބީދޭސީންގެ މައްސަލަ ހައްކުކުރުމަށް ހިންގާ ކުރަނގި އޮޕަރޭޝަންގެ ތެރެއިން 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނެސް ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އެބައޮތްކަމަށް ދާހިލީ ވުޒާރާއިން ދާދި ފަހުން ވަނީ ބުނެފައެވެ. މި ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ހަލާސްކުރުމަށް ބިދޭސީން ގެންނަ ފަރާތްތަކަށް ދާހިލީ ވުޒާރާއިން ވަނީ އަންގާފައެވެ. 

އަދި އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިޢުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެކަމުގެ އިންޒާރުވެސް ދާހިލީ ވުޒާރާއިން ވަނީ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް