ads
ދިރާގުން ފަލަސްތީނަށް 3 ލައްކަ ރުފިޔާ ހަދިޔާކުރަނީ
ދިރާގުން ފަލަސްތީނަށް 3 ލައްކަ ރުފިޔާ ހަދިޔާކޮށްފި
"ފަލަސްތީނާ އެކު ދިވެހިން" ގެ ނަމުގައި ކުރިޔަށް ގެންދާ ޓެލެތޯނަށް ދިރާގުން 300،000ރ. ހަދިޔާކޮށްފިއެވެ.
Advertisement

އިއްޔެ ފެށި މި ޓެލްތޯނަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އާއްމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ޓެލަތޯނަށް ދިރާގުން މި ވަނީ 300،000ރ. ހަދިޔާކޮށްފައެވެ. 

ޕީއެސްއެމާއި އެހެން ބައެއް މީޑިއާތައް ގުޅިގެން ހިންގި މިޓެލަތޯނަށް އިއްޔެ ވަނީ 14.8 މިލިއަން ރުފިޔާ ލިބިފައެވެ. އިއްޔެ މާލޭގެ އެކި ތަންތަނުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. 

ފަންޑު ފޮށިތައް ބަންދުކުރި ނަމަވެސް މިރޭ 06:00 ޖެހުމާއި ހަމައަށްް އޮންލައިންކޮށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އޮތްކަމަށް ޕީއެސްއެމުން ބުނެއެވެ.

އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް