ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު މާރިޔާ
އިންސާނީ ފިކުރާއި ޖަޒުބާތުތައް ފޮތްތަކުން ދެނެގަތުމަށް އެހީތެރިވެދޭ: މިނިސްޓަރު މާރިޔާ
ފޮތްތަކަކީ ތައުލީމާއި ވިސްނުންތޫނުކަން ބާރުވެރިކުރުވުމުގެ ބިންގާކަމަށާއި ތަފާތު ސަގާފަތްތަކާއި އިންސާނީ ފިކުރާއި ޖަޒުބާތުތައް ދެނެގަތުމަށް އެހީތެރިވެދޭ އެއްޗެއްކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ބޭއްވި ޑިޖިޓަލް ލައިބްރެރީ އިފްތިތާހުކުރުމުގެ ރަސްމިޔާތުގަ އެވެ.

އައިޔޫއެމްގައި އިފްތިތާހު ކުރާ ޑިޖިޓަލް ލައިބްރަރީގެ ސަބަބުން ޔުނިވާސިޓީގައި ހުރި ފޮތްތަކުގެ އިތުރުން ދުނިޔޭގެ އެކި ދާއިރާތަކުން މަޢުލުމާތު ހޯދުމަށް ދަރިވަރުންނަށް ފަސޭހަވެގެންދާނެކަން ފާހަގަ ކުރައްވައި، މި ޑިޖިޓަލް ލައިބްރަރީއަކީ 21 ވަނަ ގަރުނުގެ ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ފަރުމާކޮއްފައިވާ ޕެލެޓްފޯމެއް ކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިނިސްޓަރު ވަނީ، ޑިޖިޓަލް ޓެކްނޮލޮޖީ އައުމާއެކު މައުލުމާތު ހޯދުމާއި ބޭނުންކުރާ ގޮތްތަކަށް އިންގިލާބީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ސަގާފީ އުގެނުމާއި ޒަމާނީ ޓެކްނޮލޮޖީއާއި ދެމެދު އޮންނަ ފަރަގުކުޑަކޮށް، މި ޑިޖިޓަލް ޒަމާނުގައި ކިޔެވުމުގެ އުފަލާއި، އިލްމަށް ކުރާ ލޯބި ފިލައިގެން ދިޔަނުދިނުމަށް މަސައްކަތްކުރުމަކީ އެންމެންގެ އަމާޒަކަށް ހަދައި އުނގެނުމާއި އުގަންނައި ދިނުމުގައި ދިމާވާ ގޮންޖެހުންތަށް، މިފަދަ  ވަސީލަތްތައް ބޭނުންކޮއްގެން ހައްލު ކުރާ ތަނަކަށް މި ޑިޖިޓަލް ލައިބްރަރީ ހެދުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބައިނަލްއަގްވާމީ ފޮތުގެ ދުވަހާއި ކުތުބުހާނާދުވަހުގެ މުނާސަބަތުގައި، އެންމެހާ ކިޔުންތެރިނަށާއި ކުތުބުހާނާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ތަހުނިޔާ ދަންނަވައި އައި.ޔޫ.އެމްގެ އެންމެހައި އިސްވެރިންނަށް ޝުކުރުއަދާކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް