ads
ފަސޫހާ (ފޮޓޯ އިމޭޖަސް)
ފަސޫހާ އަނެއްކާވެސް ގައުމީ ރެކޯޑް މުގުރާލައިފި
އަންހެނުންގެ 800 މީޓަރު ދުވުމުގެ ރެކޯޑް، ފަސޫހާ އަހުމަދު އަނެއްކާ އާކޮށްފިއެވެ.
Advertisement

އަންހެނުންގެ 800 މީޓަރު ދުވުމުގެ ރެކޯޑް، ފަސޫހާ އާކުރީ އިންޑިއަން ގްރޯން ޕްރީގެ 800 މީޓަރު ދުވުމުގެ އިވެންޓް، ދެ މިނިޓް 14.53 ސިކުންތުން ދުވެގެންނެވެ. މިއީ ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ފަސޫހާ މި ރެކޯޑް މުގުރާލި ފަސް ވަނަ ފަހަރެވެ. އެންމެ ފަހުން ފަސޫހާ މި ރެކޯޑް ހެދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ގައުމީ ގްރޯން ޕްރީގަ އެވެ. އެ މުބާރާތުގައި، ދެ މިނިޓް، 19.73 ސިކުންތުން ދުވެގެން ފަސޫހާ ހެދި ރެކޯޑް މުގުރާލީ، އިންޑިއާގައި ބޭއްވި އެ ގައުމުގެ ގްރޯން ޕްރީ ތިނެއްގަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފަސޫހާ ވަނީ، 800 މީޓަރު ދުވުމުގައި، ދެ މިނިޓް 27.92 ސިކުންތުން ދުވެ 13 އަހަރުވީ ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. އެ ރިކޯޑް ފަސޫހާ އާކުރީ މިދިޔަ އަހަރު ޖުލައި މަހު ދެ މިނެޓު 21.83 ސިކުންތުން ދުވެގެންނެވެ. އެ އަށް ފަހު، ސެޕްޓެމްބަރު މަހު، ޗައިނާގެ ހަންޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ދުވެ ފަސޫހާ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑުއާކުރީ ދެ މިނެޓު 20.66 ސިކުންތުންނެވެ. ޑިސެމްބަރު މަހު ގައުމީ ރެކޯޑް އާ ކުރީ ދެ މިނިޓް 19.73 ގެ ޓައިމިން އަކާ އެކު އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި ގްރޯން ޕްރީ އާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އަންހެން އެތުލީޓަކީވެސް ފަސޫހާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް