ads
ފުލުހުން
ބްރިޖު ދަށުން އޮޔާދިޔަ މީހަކީ ރާއްޖޭގައި އުޅުނު މީހެއް
މިދިޔަ މަހުގެ މަރުވެ ބްރިޖު ދަށުން އޮޔާ ދަނިކޮށް ފެނުނު މީހަކީ ރާއްޖޭގައި އުޅުނު މީހެއްކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ސިނަމާލޭ ބްރިޖުން ދަށުން މަރުވެ އޮޔާދަނިކޮށް ފެނުނީ ނޭޕާލްގެ އަންހެނެއްކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ. އަދި އެމީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ކުރިން ވަނީ ބުނެފައެވެ.  

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަރާ ގުޅޭ މައުލޫމާތު ދެމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންފެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ރާއްޖޭގައި އުޅެމުން ދިޔަ 25 އަހަރުގެ މީހެއްކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ޑޮކްޓަރުން ޔަގީންކޮށްދީފައިވާކަމަށެވެ. 

" މައްސަލައިގެ ތަހުގީގަށް އެނގުނު ގޮތުގައި އެ އަންހެން މީހާއަކި މާލޭގެ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަމުންދިޔަ ފަރާތެއްކަން. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން މެއި މަހުގެ 25 ވަނަ ދުވަހުގެ 11:19 ހާއިރު އެ އަންހެން މީހާ އާއި އޭނާ ލޯބީގެ ގޮތުން ގުޅުގެން އުޅޭ ބިދޭސީއަކާއެކު މާލޭގެ މަގުތަގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފެނިފައިވޭ." ސާމިހް ވިދާޅުވިއެވެ.

ފުލުހުން ބުނީ ސީސީޓީވީތަކުން ފެންނަ ގޮތުން އޭނާ އެކަނި ގޮސް ބްރިޖަށް އަރާތަން ފެނިފައިވާކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ 11.27 ހާއިރު ބްރިޖުމަތިންކަމަށްވެސް ފުލުހުން ބުނެއެވެ. 

މި އަންހެން މީހާ މަރުވުމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށްް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް