ads
ދިރާގު ހެޑް އޮފީސް - ފޮޓޯ:ދިރާގު
އަލްހާ އީދާއި ޔޫރޯއާ ދިމާކޮށް ދިރާގުން ހާއްސަ އޮފާތަކެއް ލޯންޗްކޮށްފި
ޔޫރޯ 2024 އަދި އަލްހާ އީދާ ދިމާކޮށް ދިރާގުން ހާއްސަ އޮފާތަކެއް ލޯންޗުކޮށްފި އެވެ.

ދިރާގުން މި އޮފާތައް ލޯންޗު ކުރީ މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިންނެވެ.

"ޔޫރޯ 2024 އާއި އަލްހާ އީދު ފާހަގަކުރުމުގެ ގޮތުން މުޅިން އާ، ހިތްގައިމު އޮފާތަކެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެން ނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެގޮތުން މި ހާއްސަ ޕްރޮމޯޝަންތަކާ އެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އަދި އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ކުލަގަދަކޮށް، ފުރިހަމަކަމާ އެކު ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން" ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރަހް އާދަމް ވިދާޅުވި އެވެ.

ޔޫރޯ 2024 އާ ގުޅުވައިގެން ދިރާގުން ލޯންޗުކުރި ހާއްސަ ތިން ޕްރޮމޯޝަން:

1. ސޮނީ ޕްރިމިއަމް އެކްސެސް: 

  • ޔޫރޯ 2024 ގެ ހުރިހާ މެޗެއް އޮންލައިންކޮށް ބަލާލުމަށްޓަކައި ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވް ޕެކާ އެކު 80ޖީބީގެ ޑޭޓާ އަދި ޔޫރޯ 2024 ގެ އޮފިޝަލް ސްޓްރީމިން ޕާޓްނާ، ސޮނީ ލިވްގެ 30 ދުވަހުގެ ޕްރިމިއަމް އެކްސެސް ހަމަ އެންމެ 80 ރުފިޔާއަށް ލިބޭނެއެވެ.
  • އެންމެ 60 ރުފިޔާއަށް ސޮނީލިވްގެ ސްޓޭންޑަލޯން 30 ދުވަހުގެ ސަބްސްކްރިޕްޝަނެއްވެސް ހޯދޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.
  • އައު ދިރާގު ޕްރީޕެއިޑް ޕްލޭނެއް ނަގާ ފަރާތްތަކަށް 30 ދުވަހުގެ ހިލޭ ސޮނީ ލިވް ޕެކް ލިބޭނެއެވެ. އަދި އައު ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ކަނެކްޝަން ނަގާ މަހާއި ޖެހިގެން އަންނަ މަހުގައި ހިލޭ ސޮނީ ލިވް ޕެކް ލިބޭނެކަަމަށް ދިރާގުން ބުނެއެވެ.

2. މެޗް ޕާސް:

  • 30 ރުފިޔާއަށް 30ޖީބީ ލިބޭ ހާއްސަ އެޑް-އޮންއެއް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތުގައި ނެގޭނެއެވެ. ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑް-އޮން ކޮންމެ ނަމްބަރަކަށްވެސް ނެގޭނީ މެޗު ކުރިއަށްދާ ވަގުތުގައި އެއްފަހަރުއެވެ.

3.ޖެހީ ލިބުނީ ޖީބީ: 

  • 30 ރުފިޔާއަށް 30ޖީބީ ލިބޭ ހާއްސަ އެޑް-އޮންއެއް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތުގައި ނެގޭނެއެވެ. ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑް-އޮން ކޮންމެ ނަމްބަރަކަށްވެސް ނެގޭނީ މެޗު ކުރިއަށްދާ ވަގުތުގައި އެއްފަހަރުކަމަށް ދިރާގުން ފާހަގކުރެއެވެ.

އަލްހާ އީދާ ގުޅިގެން ދިރާގުން ލޯންޗުކުރާ ހާއްސަ އޮފާތައް:

  • އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކް: އީދުގެ މުއްދަތު ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 7 ދުވަސް ޕެކާ އެކު އިތުރު 50ޖީބީ (ޖުމްލަ 150ޖީބީ) އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެއެވެ. 22 ޖޫން 2024 ގެ ނިޔަލަށް މި އޮފާ ކުރިއަށްދާނެއެވެ.
  • ޕޯސްޓްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާރތަކާ އެކު އިތުރު ޑޭޓާ ލިބޭނެއެވެ. މި އޮފަރ ކުރިއަށްދާނީ 30 ޖޫން 2024 ގެ ނިޔަލަށް ކަަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހިތްގައިމު އާ އޮފާތަކާ އެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަަމަށް ދިރާގުން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް