"އެސްޓީއޯ ޔޫރޯ ފޯރި 2024" ގެ ނަމުގައި އެ ކުންފުނިން މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ އެ ކުންފުނީގެ ފިހާރަތަކުގަ އެވެ.
އެސްޓީއޯއިން ބުނީ ފިލިޕްސް ބްރޭންޑުގެ ޓީވީ، ހޯމް ތިއޭޓަ ސިސްޓަމް އަދި ހެޑްފޯނާއި ބޮކްސްލައިޓް ބްރޭންޑުގެ ޕްރޮޖެކްޓަރު ހިމެނޭ ގޮތަށް ހިންގާ މި ޕްރޮމޯޝަނުގައި 15 އިންސައްތަ އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަނުގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ކޫޕަން ލިބޭ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ އިނާމު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
މި ޕްރޮމޯޝަނުގެ އިތުރަށް ޔޫރޯގެ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖުގައި ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
- ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – ހޯމް ތިއޭޓަ ސިސްޓަމެއް
- ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަ ސިސްޓަމެއް
- ކުއާޓަ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަ ސިސްޓަމެއް
- ފައިނަލް މެޗުގެ ނަތީޖާ ދިމާކުރާ ފަރާތަކަށް – 65 އިންޗީގެ ޓީވީއެއް
އެސްޓީއޯއިން ބުނި ގޮތުގައި މެޗުތަކުގެ ނަތީޖާ ދިމާކުރުމުގައި ޕޮއިންޓުގެ ގޮތުން އެއްވަރު ވެއްޖެނަމަ އިނާމު ލިބޭނެ ފަރާތް ހޮވާނީ ގުރުއަތު ނަގައިގެން ކަމުގަ އެވެ.