ads
މަސްވެރިންގެ މުޒާހަރާ މާލޭ ބޭރުމަތީގައި: މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސް ދޯނިތަކެއް މާލެ ފަޅު ކައިރީގައި މުޒާހަރާ ކުރަނީ -- ފޮޓޯ: އެކްސް
މަސްވެރިންގެ މުޒާހަރާގެ ތެރެއިން ސަލާމަތީ ބާރުތަކަށް ހުރަސް އެޅި މައްސަލަ ބަލަނީ
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމާ ދެކޮޅު ހެދުމުގެ ގޮތުން މިދިޔަ ބުދަ ދުވަހު މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން ސަލާމަތީބާރުގެ އުޅަދުތަކުގައި މަސް އޮޑިދޯނި ފަހަރުން ޖެއްސި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
Advertisement

ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މުޒާހަރާ ކޮށްފައިވަނީ މިފްކޯއިން ބޮޑުކަންނެލި ގަތުމަށާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަށް ގޮވާލަ އެވެ. މިމަހުގެ 12 ވަނަ ދުވަހު މަސްވެރިން އެންމެ ފުރަތަމަ މުޒާހަރާ ކޮށްފައިވަނީ ހުޅުމާލޭ ފަޅު ތެރޭގަ އެވެ. 

ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުރަތަމަ މުޒާހަރާ ކުރުމަށް ފަހު، އޮޑިތައް މާލެއަށް މިސްރާބު ޖަހައި މާލޭ ފަޅު ކައިރިއަށް ޖަމާވި އެވެ. ފަހުން މަސްވެރިން ވަނީ ސަލާމަތީ ބާރުތަކަށް ހުރަސްއަޅާ މާލޭގެ އެއް ނަންބަރު ފާލަމަށް ވަދެފަ އެވެ.

ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ބައެއް ދޯނިތަކުން ކޯސްޓް ގާޑުގައާއި ފުލުހުންގެ ލޯންޗުތަކުގައި ޖެހޭތަން އެ ދުވަހު އާއްމުވި ބައެއް ވީޑިއޯތަކުން ފެނެ އެވެ. އަދި އެވަގުތު ފުލުހުން އެ ދޯނި މަޑުކުރަން އެންގުމުން ވެސް ފަޅު ތެރެއަށް ވަދެގެން އައި މަންޒަރު ފެނިގެންދެ އެވެ. 

ފުލުހުންގެ ލޯންޗުގައި މަސް އޮޑިފަހަރުން ޖެހުނީ ފަޅަށް ވަނަ ނުދިނުމަށް ފުލުހުންގެ އަދި ސިފައިންގެ ލޯންޗުން އޮޑިފަހަރަށް ހުރަސް އެޅުމުންނެވެ. އެދުވަހު މުޒާހަރާގެ ބައިވެރިންގެ ގޮތުގައި އައި 35 ދޯނި ހުއްޓުވޭ ގޮތް ނުވެ ކަނޑިންމައިން އެތެރެވުމުން ސަލާމަތީ ބާރުތަކަށް ފާޑުކިޔުން އަމާޒުވި އެވެ.

your imageމަސްވެރިންގެ މުޒާހަރާ މާލޭ ބޭރުމަތީގައި: މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސް ދޯނިތަކެއް މާލެ ފަޅު ކައިރީގައި މުޒާހަރާ ކުރަނީ - ފޮޓޯ: އެކްސް

މިމައްސަލަ ތަހުގީގު ކުރަމުން ދޭތޯ ސުވާލު ކުރުމުން ފުލުހުން މީޑިއާތަކަށް ދިން ކުރު ޖަވާބުގައި ބުނީ، އެއީ ކަނޑުމަތީ ހާދިސާއެއް ކަމުން މެރިން ޕޮލިހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެކަމަކު، އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުންނެއް ނުދެ އެވެ.

ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުރަތަމަ މުޒާހަރާ ކުރުމަށް ފަހު، އޮޑިތައް މާލެއަށް މިސްރާބު ޖަހައި މާލޭ ފަޅު ކައިރިއަށް 30 ދޯނި އެދުވަހު ޖަމާވި އެވެ. އެ މުޒާހަރާ އިންތިޒާމުކުރީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. 

ލޭނު މަސްވެރިކަމަށް ދިވެހި ކަނޑުތައް ހުޅުވާލަން އުޅުމާއި ބޭނި މަހަށް ފައިސާ ނުލިބޭތީ ބޭއްވި މުޒާހަރާ ހުއްޓާލީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭނެ ކަމަށާއި ޑީސަލްގެ އަގު ހެޔޮކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނުމުންނެވެ. އަދި މަސްވެރިންގެ މިނިސްޓަރު މުޒާހަރައިގެ ބައިވެރިންނާއި ބައްދަލުކުރުމުން ނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް