ads
ފޮރިން މިނިސްޓަރ މޫސާ ޒަމީރު - ފޮޓޯ: ފޯރިން މިނިސްޓުރީ
ކުވެއިތުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ
ކުވެއިތުގައި ބިދޭސީ މުވައްޒަފުން އުޅޭ އިމާރާތެއްގައި ރޯވެ 49 މީހަކު މަރުވުމުން މަރުވި މީހުންގެ އާއިލާތަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ތައުޒިޔާ ދަންނަވައިފި އެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ 49 މީހުން ހިމެނެ އެވެ. އޭގެ ތެރެއިން 11 މީހުން ނިސްބަތްވަނީ އިންޑިއާގެ ކެރެލާއަށެވެ. އިންޑިއާގެ އިތުރުން ޕާކިސްތާނާ ބަންގްލަދޭޝް އާއި ނޭޕާލްގެ އިތުރުން ފިލިޕީންސްގެ އާއިލާތަކެއް ވެސް އެ އިމާރާތުގައި ދިރިއުޅެމުން އައެވެ. 

ނަމަވެސް ހާދިސާގައި މަރުވި މީހުން ނިސްބަތްވާ ގައުމުތައް މިހާތަނަށް ރަސްމީކޮށް ކުވައިތުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އެ ހާދިސާއާއި ގުޅިގެން ފޮރިން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުވެއިތްގައި ހިނގި އަލިފާނުގެ ވާހަކަ އަޑު އެހީ ހިތާމައާއި އެކުގައި ކަމަށެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ އިންޑިއާ މަސައްކަތްތެރިންގެ ފުރާނަ ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ.

ޒަމީރު ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ. އަދި ހާދިސާގައި އަނިޔާވެ ފަރުވާ ހޯދަމުންދާ ފަރާތްތަަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަތެވެ.

ކުވައިތުގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ހާދިސާގައި ޒަހަމްވި 50 މީހަކު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

your imageކުވައިތުގައި އަލިފާނުގެ ހާދިސާ ހިނގި އިމާރާތް: ހާދިސާގައި 49 ބިދޭސީ މުވައްޒަފުން ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް

މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދިތަ މޯދީ ސޯޝަލް މީޑިއާ ޕޯސްތެއްގައި ހިތާމަ ފާޅުކުރައްވާފައިވެ އެވެ.

ކުވައިތުގެ ބޮޑުވަޒީރުގެ ނައިބު ޝެއިހް ފަހަދު ޔޫސުފް އަލް.ސަބާހް ވިދާޅުވީ ގިނަ ބަޔަކު ދިރިއުޅެމުން އައި ހަތް ބުރީގެ ފްލެޓް އިމާރާތުގައި ރޯވީ އިމާރާތް ކުރުމުގެ މިންގަނޑުތަކާ ހިލާފަށް ފެންވަރު ދަށްކޮށް ހަދާފައި ހުރުމުން ކަމަށެވެ.

މިކަމާ ގުޅިގެން މިހާރު އަންނަނީ ރޯވި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް