ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، ކުޅުދުއްފުށީގައި ހުންނަ ކްލިނިކަކުން ރޭ ދަންވަރު ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މިމައްސަލަ ރިޕޯޓް ކުރި ނަމަވެސް މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ކްލިނިކުން ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި، މެޝިނަށް ލައްވާ ބެޓެރީއާއި ކްލިނިކްގައި ބޭނުންކުރާ ދެ ފޯނު ވެސް ހިމެނެ އެވެ. އަދި، ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖައްސަން އެ ތަނުގައި ބޭނުންކުރި އަންއިންޓްރަޕްޓެޑް ޕަވާ ސަޕްލައި (ޔޫޕީއެސް) ވެސް ވަނީ ވަގަށް ނަގައިފަ އެވެ.