ads
ޔޫރޯ 2024
ޖަރމަނީ- ސްކޮޓްލަންޑް މެޗުން ޔޫރޯ މިރޭ ފަށަނީ
ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ، ޔޫރޯ، ޖަރުމަންވިލާތުގައި މިރޭ ފަށާނެއެވެ. ޖަރުމަނާ ސްކޮޓްލަންޑްގެ މެޗުން މުބާރާތް ފަށާނީ މިރޭ ރާއްޖޭ ގަޑިން ރޭގަނޑު 12 ޖަހާއިރުއެވެ.

މިރޭން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރެއާ ހަމައަށް މިއީ ޔޫރަޕުގެ ފުޓްބޯޅައިގެ ބޮޑު އީދެކެވެ. އަމިއްލަ ގައުމުގައި މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނައިރު، ޖަރުމަނުންވަނީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ޖަރުމަންގެ ސަޕޯޓަރުންގެ އުއްމީދަކީ އަމިއްލަ ގައުމުގައި މުބާރާތް ކާމިޔާބުކުރުމެވެ. އެކަމަކު މިދިޔަ ތިން ޔޫރޯގައިވެސް އެކަށީގެންވާ ފެންވަރުގެ ކުޅުމެއް ޖަރުމަނަށް ދެއްކިފައި ނުވާތީ އެކާމިޔާބީއާ ހަމައަށް ދެވިދާނެތޯ ސުވާލު އުފެދެއެވެ.

ޖަރުމަނަށް އޮތް ހިތްހަމަ ޖެހުމަކީ ތާރީހަށް ބަލާއިރު މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމުތަކުގެ ތެރޭގައި ހިމެނިފައި އޮތް އޮތުމެވެ. އެޓީމުން ވަނީ މުބާރާތުގެ ތަށި ތިން ފަހަރު އުފުލާލާފަ އެވެ. ޖަރުމަނާ އެކު ސްޕޭނުންވެސް ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ ބަޔާން މިއުނިކްގެ ދަނޑު، އެލިއަންޒް އެރީނާ ގައެވެ. ޖުމުލަ 24 ޓީމު ވާދަކުރާ މި މުބާރާތުގައި ގަދަ 16 އަށް ދަތުރުކުރާނި ކޮންމެ ގްރޫޕެއްގައި އެއްވަނަ އަދި ދެވަނައިގައި ހިމެނޭ ޓީމެވެ. މީގެއިތުރުން ގްރޫޕުގެ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމުވެސް ގަދަ 16 އަށް ދަތުރުކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް