ދެ އަހަރުގެ ސްޓޯމީގެ މަންމަ، ކައިލީ ބުނީ މިވަގުތު އިތުރު ދަރިއެއް ހޯދަން ބޭނުންވާ ކަމަށާއި އެހެންނަމެސް ޖުމްލަ ހަތް ދަރިން ހޯދަން ބޭނުންވާކަމަށެވެ.
ކައިލީގެ މަންމަ ކްރިސް ގެ ހަ ދަރިން ތިބޭ އިރު، ކިމް ކާޑޭޝަން ގެ ހަތަރު ދަރިން ހުރެއެވެ. ކޯޓްނީގެ ތިން ދަރިން ހުންނަ އިރު ކްލޮއީ އާއި ރޮބް ގެ ހުންނަނީ އެންމެ ކުއްޖެކެވެ. ކެންޑަލް ޖެނާ އަށް އަދި ދަރިއެއް ނުލިބެއެވެ.
ކައިލީ ވަނީ ދަރިއަކު ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި މާބަނޑު ދުވަސްތަކާ އަލުން ކުރިމަތިލާން އަދި ތައްޔާރު ނޫން ކަމަށެވެ.
މިދުވަސްކޮޅު ގޭގައި ހުރެގެން ކައިލީ އާއީ އޭނާގެ ދަރިފުޅު ކުރާ ގިނަ ކަންތައްތައް ކައިލީ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާ ހިއްސާ ކުރަމުންނެވެ.