ads
ޔޫރޯގެ ސަލާމަތީ ކަންކަންވަނީ ވަރުގަދަ ކޮށްފައި
ޔޫރޯގެ ސަލާމަތީ ކަންކަމަށް ވަރުގަދަ ފޯސްއެއް
ޔޫރޯގެ ސަލާމަތީ ކަންކަން ބެލުމަށް، ދުވާލަކު 22،000 އަށްވުރެ ގިނަ މީހުން ހިމެނޭ ސަލާމަތީ ފޯސް ތައްޔާރުވެއްޖެއެވެ.

ޖަރުމަނުގައި މިރޭ ޔޫރޯ 2024 ފެށޭއިރު މުބާރާތުގެ ސަލާމަތީ ކަންކަމަށް އެކުލަވާލާފައިވާ ފޯސްއަކީ ޖަރުމަނުގައި 1951 ވަނަ އަހަރު އެ ގައުމުގައި ފެޑެރަލް ޕޮލިސް އުފެފުނު ފަހުން އެންމެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ އޮޕަރޭޝަނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމެންދެން ސެކިއުރިޓީ ފޯސްގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް ޗުއްޓީއެއްވެސް ނުލިބޭނެއެވެ.

ޔޫރޯގެ ސަލާމަތީ ކަންކަމުގައި ޖަރުމަނުގެ ސަލާމަތީ ފޯސްއާ ބައިވެރިވެވެ ބައިނަލްއަގްވާމީ ފުލުހުންގެ ޓީމުތަކުންވެސް ހަރަކާތްތެރިވާނެއެވެ. ޖަރުމަނުގެ ދާހިލީ މިނިސްޓަރު ނޭންސީ ފައިސަރ ވިދާޅުވީ ޔޫރޯއާ ދިމާކޮށް އަތުވެދާނެ ޓެރަރިޒަމްގެ ނުރައްކަލުން ފެށިގެން ހޫލީންނާއި އެހެނިހެން އަނިޔާވެރި ކުށްވެރިންނާއި ސައިބަރ ސެކިއުރިޓީއާ ހަމައަށް ހުރިހާ ކަމަކަށް އޮތީ ތައްޔާރަށް ކަމަށެވެ.

ޔޫރޯ 2024 ކުރިއަށްދާނީ ޖަރުމަނުގެ ތަފާތު ދިހަ ސިޓީއެއްގައެވެ. މުބާރާތުގެ ފުރަތަމަ މެޗަކީ މުބާރާތް ބާއްވާ ޖަރުމަނާއި ސްކޮޓްލަންޑް މިރޭ ކުޅޭ މެޗެވެ. މި މެޗު ފެށޭނީ ރާއްޖޭ ގަޑިން ރޭގަނޑު 12 ޖަހާއިރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް