ads
ޖަރުމަންގެ ކުޅުންތެރިން
ޖަރުމަނަށް ފަސޭހަ ފެށުމެއް، ބޮޑު ހިތްހަމަ ޖެހުމެއް
ބޮޑު ތަފާތަކުން ސްކޮޓްލަންޑް ބަލިކޮށް، ޖަރުމަނުން އަމިއްލަ ގައުމުގައި ޔޫރޯ 2024 ފަށައިފިއެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީ ޖަރުމަނުން ފުރަތަމަ މެޗު ކާމިޔާބު ކުރީ ފަސް ލަނޑު އެއް ލަނޑުންނެވެ. ބަޔާން މިއުނިކް އެލިއަންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުން 10 ވަނަ މިނިޓްގައި ލީޑުނެގީ ފްލޯރިއަން ވާޓްޒް ޖެހި ލަނޑުންނެވެ. 

ފުރަތަމަ ލަނޑު ޖެހިތާ 10 މިނިޓްވެސް ނުވަނީސް ޖަރުމަނުން ދެވަނަ ލަނޑު ޖެހީ ޖަމާލް މުސިއާލާ، 21 އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ތިންވަނަ ލަނޑެއް ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ހަވާޓްޒް އެވެ.

ޖަރުމަނުގެ ހަތަރުވަނަ ލަނޑު އަދި ފަސްވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިންނެވެ. އެއީ ނިކްލަސް ފުލްކްރޫގް އަދި އެމްރޭ ޗާން އެވެ. ސްކޮޓްލަންޑުގެ ސުން ކަނޑުވާލި ލަނޑަކީ، ޖަރުމަނުގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ހޮނިހިރު ދުވަހު ސްވިޒަލެންޑް ބައްދަލުކުރާނީ ހަންގޭރީއާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް