ފުލުހުން މިއަދު ބުނީ މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކްކޮށްފައިވާ ވެހިކަލްތަކެއް ޓޯ ކޮށްފައިވާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު މާލޭގެ އެކި ހިސާބަކުން ފުލުހުން ވަނީ ވެހިކަލް ޓޯކޮށްފަ އެވެ.
އެގޮތުން, ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި އޮތް 84 އުޅަނދު ނެގި އެވެ.
އަދި އެހެނިހެން މަގުތަކުން 79 އުޅަނދެއް ޓޯކޮށްފައިވެ އެވެ.
މާލޭގައި ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުން ފެށިގެން ފުުހުންނަނީ މަގުމައްޗަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ. އަދި ފުލުހުންވަނީ އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ވެހިކަލް ޕާކު ނުކުރަން އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.