ads
ވެލާނާ އިންޓާ ނޭޝަނަލް އެއާޕޯޓް
އެއާޕޯޓް ޑްރަގް ކޭސްގެ ބޮޑު މީހާ ދޫކޮށްލައިފި
މީގެ މަސް ދުވަސް ކުރިން ވައިގެމަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އެކަކު ބަންދުން ދޫކޮށްލައިފި އެވެ.
Advertisement

މިދިޔަ މަހުގެ 15 ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލީގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް ދައުލަތުން އެދުނު ނަމަވެސް ކޯޓުން ނިންމީ އޭނާ ދޫކޮށްލާށެވެ. ކޯޓުން ނިންމާފައި ވަނީ ޝަރުތުތަކާއެކު އޭނާ މިނިވަން ކުރުމަށެވެ.

ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލަން ނިންމީ، އެ މީހާއަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމައު އަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގައި ބަޔާން ކޮށްފައިވާ ކަންކަން މާނަ ކުރެވެނީ އެ މީހާއާ އެއްކޮޅަށް ކަމަށްވާތީ އެވެ.

އޭނާ ކުށުގައި ބައިވެރިވެފައި ވަނީ އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލްގައި ލަގެޖުގައި ލާފައި އިން ކާޓެއް ޓްރެކްޓާ މެދުވެރިކޮށް އެއާޕޯޓް ލަގެޖް ޓްރާންސްފާ ކުރުމުގެ އުސޫލާ ހިލާފަށް ޑޮމެސްޓިކް ޓާމިނަލް އަށް ގެންދިޔުމުންނެވެ.

ކޯޓުން އެ މީހާ މިނިވަން ކުރީ ހަތަރު ޝަރުތަކާއެކު އެވެ. އެއީ މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދުމާއި އިތުރު ކުށަކަށް އަރައިނުގަތުމާއި ކޯޓުން އަންގާ ގަޑިއަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ހެއްކަކާ އެއްވެސް މުއާމަލާތެއް އަދި އެއްވެސް މުއާސަލާތެއް ނުކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް