ހަންގޭރީ އަތުން މިރޭ އިރާކޮޅު މޮޅުވުމާއެކު، ސްވިޒަލެންޑް އޮތީ ގްރޫޕް އޭގެ ދެވަނަ މަގާމުގައެވެ. އެއްވަނައިގަ އޮތީ ރޭ ސްކޮޓްލަންޑް އަތުން ބޮޑު ތަފާތަކުން މޮޅުވި މުބާރާތުގެ ހޯސްޓް ޖަރުމަނެވެ.
ހަންގޭރީ އަށް ސްވިޒަލެންޑް ބަލި ނުކުރެވޭތާ 26 އަހަރު ވެއްޖެ އެވެ. ހަންގޭރީއާ ދެކޮޅަށް އެންމެ ފަހުން ސްވިޒަލެންޑުން ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ހަންގޭރީން އެންމެ ފަހުން ސްވިޒަލެންޑް ބަލިކުރީ 1998 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެއީ ނޮވެމްބަރު 1998 ގަ އެވެ.
މި ގްރޫޕްގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު، ހަންގޭރީން ކުޅޭނީ ޖަރުމަނާ އެވެ. އަދި ސްވިޒަލެންޑުން ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.