ads
މަޓިޖާ ސާކިޗް
މޮންޓެނީގްރޯ ގައުމީ ޓީމުގެ ކީޕަރު ކުއްލި ގޮތަކަށް މަރުވެއްޖެ
މިލްވޯލް އަށް ކުޅޭ މޮންޓެނީގްރޯގެ ގައުމީ ކީޕަރު މަޓިޖާ ސާކިޗް އުމުރުން 26 އަހަރުގައި މަރުވެއްޖެ އެވެ.
Advertisement

މޮންޓެނީގްރޯގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ސާކިޗް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ވުލްވްސް އިން ޗެމްޕިއަންޝިޕް ކްލަބާ ގުޅުނުއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި 33 މެޗު ކުޅެފައެވެ. އޭނާ އެންމެ ފަހުން ގައުމަށް ކުޅުނީ 5 ޖޫންގައި ބެލްޖިއަމް އަތުން 2-0 އިން ބަލިވި މެޗުގަ އެވެ.

މޮންޓެނީގްރޯ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއެސްސީޖީ) އިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު ކުއްލިއަކަށް ސާކިޗް މަރުވެފައިވާއިރު، ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ ކުއްލި ގޮތަކަށް މަރުވަީ ބުޑްވާގައި ހުންނަ އޭނާގެ އެޕާޓްމަންޓުގައެވެ.

އެފްއެސްސީޖީން ސިފަކުރި ގޮތުގައި ސާކިޗް އަކީ ގައުމީ ޓީމުގެ އެންމެން "ލޯބިވާ މެމްބަރެއް" އަދި އަބަދުވެސްހިނިތުންވެލައިގެން ހުންނަ ކުޅުންތެރިއެކެވެ.

ގްރިމްސްބީއަށް އުފަން ސާކިޗް ވަނީ އެސްޓަން ވިލާއާ ގުޅުމުގެ ކުރިން ބެލްޖިއަމްގެ އެންޑަލެކްޓް އަށް ޔޫތު ޓީމް ފުޓްބޯޅަ ކުޅެފަ އެވެ. 2020 ވަނަ އަހަރު ވުލްވްސް އަށް ދާއިމީކޮށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ލޯނެއްގެ ދަށުން ވިގަން، ސްޓްރެޓްފޯޑް ޓައުން، ހަވަންޓް އެންޑް ވޯޓާލޫވިލް އަދި ލިވިންގްސްޓަން އަށް ކުޅެފަ އެވެ. ލޯނެއްގެ ގޮތުގައި ބާމިންހަމް ސިޓީގެ ޝްރޫސްބަރީ ޓައުން - 2021-22 ސީޒަނުގައި ލޯނެއްގެ ދަށުން 23 މެޗު ކުޅުނެވެ. އަދި މިލްވޯލްއަށް ބަދަލުވުމުގެ ކުރިން ސްޓޯކް ސިޓީއަށް ވެސް އޭނާ ކުޅެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް