ads
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސްގެ އުފަންދުވަހު ޗައިނާގެ ރައީސްގެ ހާއްސަ ސިޓީއެއް
ޗައިނާގެ ރައީސް ޝީ ޖިންޕިން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އުފަންދުވަހުގެ ތަހުނިޔާ މިއަދު އަރިސްކުރައްވައިފި އެވެ.

ޗައިނާގެ ރައީސް ފޮނުއްވި ސިޓީފުޅު ރައީސް މުއިއްޒަށް އެރުއްވީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން އެވެ.

ޝީގެ ސިޓީފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި ދެ ގައުމުގެ އިސްތިޖާރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

"މި މެސެޖުގައި ރައީސް ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗައިނާގެ ރައީސަށް އުފާވެރި އުފަންދުވަހަކަށް އެދިވަޑައިގެން ތަހުނިޔާ ކިޔުއްވައިފަ،" ބަޔާނުގައިވެ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި ކުރިމަގުގައި ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ހިޔާލުބަދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި ކާމިޔާބު ގުޅުމެއް ގާއިމުވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރު ކުރެއްވީ ޗައިނާއަށެވެ. އަދި މި ސަރުކާރުން އަންނަނީ ޗައިނާއާ ގާތް ގުޅުމެއް ބާއްވައި، އެގައުމާ ގުޅިގެން ގިނަ މަޝްރޫއުތައް ހިންގުމަށް މަސައްކަތްތައް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް