ސްޕެއިނުން ކްރޮއޭޝިއާ އަތުން މޮޅުވީ ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑާއެކު ތިނެއް ސުމެއްގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ސްޕެއިންއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ކެޕްޓަން މޮރާޓާ އެވެ. ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ ފަބިއަން ރުއިޒް އެވެ. ތިންވަނަ ލަނޑު ޑެނީ ކާވަހާލް އެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ އިޓަލީއާ އަލްބޭނިއާއެވެ. މި ގްރޫޕަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ގްރޫޕުގެ ގޮތުގައި ބެލެވޭ ގްރޫޕެވެ. މި ގްރޫޕުގެ އަނެއް މެޗުން އަލްބޭނިއާ އަތުން އިޓަލީވަނީ ދެ ލަނޑު އެއް ލަނޑުން މޮޅުވެފައެވެ.