ads
ސައުތުގޭޓް
އެފްއޭއިން ބޭނުންވަނީ ސައުތުގޭޓުގެ ކޮންޓްރެކްޓް އިތުރުކުރަން
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، އިގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓުގެ ކޮންޓްރެކް އިތުރުކުރަން އިގިރޭސި އެފްއޭއިން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔޫރޯގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް އެފްއޭއިން ބޭނުންވަނީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕާ ހަމައަށް ސައުތުގޭޓްގެ ކޮންޓްރެކްޓް އިތުރުކުރާށެވެ. އަދި އެކަން އޭނާއަށް މިހާރު ނުރަސްމީކޮށް އަންގާފައިވާ ކަމަށް އިގިރޭސި މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

އިގިރޭސި ޓީމުގައި ސައުތުގޭޓް ބަހައްޓަން ބޭނުންވާ ކަމަށް އިގިރޭސި އެފްއޭއާ ހަވާލާދީ ރިޕޯޓްތައް ބުނާއިރު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނުހޯދިއްޖެނަމަ، އިންގްލޭންޑްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި އިތުރަށް ދެމި ނުހުންނާނެ ކަމުގެ އިޝާރާތެއް، ސައުތުގޭޓްވަނީ ދީފައެވެ.

ސައުތުގޭޓް އިންގްލެންޑްގެ ހެޑް ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ސައުތުގޭޓް ގަބޫލުކުރާ ގޮތުގައި ޔޫރޯއަކީ ތަށްޓެއް ހޯދުމަށް އޭނާއަށް ލިބޭ އެންމެ ފަހި އަދި އެންމެ ފަހު ފުރުސަތަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އުމުރުން 53 އަހަރުގެ ކޯޗުވަނީ ޔޫރޯ 2020 ގެ ފައިނަލަށް އިންގްލެންޑް ލީޑްކޮށްދީ، 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ތިން ވަނަ އަށް އިންގްލެންޑް ގެންގޮސްދީފައެވެ.

ޔޫރޯގައި އިންގްލެންޑުން ގްރޫޕް ސީގެ ކެމްޕޭން ސާބިއާއާ ދެކޮޅަށް މިރޭ ފަށާއިރު، އޭގެ ފަހުން މެޗުތައް ކުޅޭނީ ޑެންމާކާއި ސްލޮވޭނިއާއާ ދެކޮޅަށެވެ. އިގިރޭސި ޓީމުގެ ފުރަތަމަ މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން ރޭގަނޑު 12 ޖަހާއިރުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް