ads
ވެގްހޯސްޓް
ވެގްހޯސްޓްގެ ލަނޑުން ހޮލެންޑް މޮޅުވެއްޖެ
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ، ވައުޓް ވެގްހޯސްޓް ފަހު ވަގުތު ޖެހި ލަނޑުން، ޕޯލަންޑްގެ މައްޗަށް ހޮލެންޑުން ކުރި ހޯދައިފިއެވެ.
Advertisement

މިރޭ ހޮލެންޑުން މި މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ޕޮލެންޑުން ލީޑު ނެގީ މެޗުގެ 16 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި އެޑަމް ބަކްސާ އެވެ. 

ހޮލެންޑުން އެއްވަރު ކުރީ މެޗުގެ 29 ވަނަ މިނެޓުގައި ގަކްޕޯ ޖެހި ލަނޑުނެވެ. ހޮލެންޑް މޮޅުވި ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، ވާގްހޯސްޓްއެވެ. 

ގްރޫޕް ޑީގައި ހިމެނޭ ނެދަލަންޑްސް އިން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ އޮސްޓްރިއާ އާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް