ހަތަރު އަހަރަށް ފަހު އެނބުރި އައިސް ޔޫރޯގައި އާދިއްތަ ދުވަހުގެ ރޭ ޑެންމާކާ ސްލޮވީނިއާ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ އެރިކްސަންއެވެ. މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މިއީ ގްރޫޕް ސީގެ މެޗެކެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ އެރިކްސަންގެ ލަނޑާއެކު ޑެންމާކުންނެވެ. މެޗުގެ ޑެންމާކުގެ ޖޯނަސް ވިންޑް ފުންނާބުން އެރިކްސަން އަށް ބޯޅަ ޖައްސާލުމުން ގޯލް އޭރިޔާ ބޭރުގައި ހުރެ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު އެރިކްސަން އެ ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. ސްލޮވީނިޔާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފުގައި އެރިކް ޖަންޒާއެވެ.
މިގްރޫޕްގައި ދެން ހިމެނެނީ އިންގްލެންޑާއި ސާބިއާއެވެ.