އާދިއްތަ ދުވަހުގެ ރޭ ސާބިއާ އަތުން އިންގްލަންޑް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖޫޑް ބެލިންހަމް ޖެހިއިރު، މިއީ ބުކާޔޯ ސަކާ ނެގި ހުރަހަކުން ބެލިންހަމް ބޮލުން ޖެހި ލަނޑެކެވެ.
މެޗުގެ ކުރީކޮޅު އިންގްލަންޑުން މުޅި ގޭމް ކޮންޓްރޯލް ކޮށްގެން ކުޅުން ނަމަވެސް ފަހުން ސާބިއާއިންވަނީ ގޭމްގެ ކޮންޓްރޯލް ނަގާފައެވެ. އެހެންނަމަވެސް ފަހުން ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި އާދިއްތަ ދުވަހުގެ އިރާކޮޅު ސްލޮވީނިއާއާ ޑެންމާކުވަނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެފައެވެ.