
ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މިއަލިފާންގަނޑު ނިއްވާލާފައިވަނީ ސިފައިންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، ސައިކަލުތަކުގައި ބަޔަކު އަލިފާން ރޯކޮށްލި ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. އަދި މިހާރު ފެންނަންހުރި ހެކިތަކުން އެއީ ހިނގާފައިވާ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވިނަމަވެސް އެސަރަޙައްދުގައި ހުރި 5 ސައިކަލެއް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފުން ރޭ ބުންޏެވެ.
މާލޭގައި ރޭ ސައިކަލްތަކުގައި ރޯވީ އެކްސިޑެންޓަކުން ކަމަށް ފުލުހުން ބުންޏަސް ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމައްޗަށް އޮންނަ ޕާކިން ޒޯނު ނުވަތަ ގްރީ ޒޯން ސަރަހައްދުގައި ހުރި ސައިކަލްތަކެއްގައި މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލި އެވެ.
އެ މައްސަލައިގެ ތުހުމަތަށް އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ތަހުގީގެ ބޭނުމަށް 30 ދުވަހަށް ބަންދު ކުރަން މި މަހުގެ ހަ ވަނަ ދުވަހު ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.
މި ދެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.