ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލާ ބޮޑު ބައެއް އަންދާލައިފި
އަލީ މިދުހަތު
17 ޖޫން 2024 - 13:36:35
އީދާ ގުޅިގެން މުބާރާތެއް ބާއްވަން ތައްޔާރު ވަމުން ދަނިކޮށް ހދ. ނޮޅިވަރަމު ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްލައިފި އެވެ.
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލީ ރޭ ފަތިހު އެވެ. ފުލުހުން ބުނީ އެ ރަށު ފުޓްސަލް ދަނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:24 ހާއިރު ލިބުނު ކަމަށެވެ. މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ ހިނގީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ކަމަކަށް ފުލުހުން ނުބުނެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުން އެ ރަށުގެ ފުޓްސަލް ދަނޑުގައި އަޅާފައިވާ ޓާފްގަނޑުގައި ވަނީ ރޯކޮށްލާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް