ads
އިންޑިޔާގެ ކޯޗު ސްޓިމަކް
އިންޑިޔާގެ ކޯޗު ސްޓިމަކް މަގާމުންވަކިކޮށްފި
އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ އީގޯ ސްޓިމަކް ވަކިކޮށްފި އެވެ.

ކްރޮއޭޝިއާގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު، ސްޓިމަކް މި ވަކިކުރީ، ވޯލްޑްކަޕް ކޮލިފައިންގައި އިންޑިޔާއިން ޓާގެޓް ކުރި ނަތީޖާ ނުނެރެވުމުންނެވެ. އުމުރުން 56 އަހަރުގެ ސްޓިމަކަށް އިންޑިޔާއިން ދީފައިވާ ޓާގެޓަކީ، ވޯލްޑްކަޕް ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ހޯދުމެވެ.

އިންޑިޔާއަށް އުއްމީދު ކުރި ޓާގެޓަށް ރީޗް ނުވެވުނު އިރު، އޭނާގެ ކޮންޓްރެކްޓް އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ދެ އަހަރު ބާކީ އޮއްވާ ކޮންޓްރެކްޓް ބާތިލުކުރީ މިއަދުއެވެ. އިންޑިއާ ފެޑެރޭޝަނުން ބުނީ އިންޑިޔާއަށް މި ވަގުތަށް އެންމެ ރަނގަޅީ އާ ކޯޗަކާއެކު ކުރިއަށް ދިޔުން ކަމަށެވެ.

އިންޑިޔާގެ ކޯޗުކަމުގެ މަގާމުގައި ފަސް އަހަރު ހޭދަކުރި ސްޓިމަކްވަނީ ސަރަހައްދީ މުބާރާތްތަކުން ކާމިޔާބު ހޯދާފައެވެ. އެހެންނަމަވެސް އިންޑިޔާގެ ޓާގެޓް އޮތީ ސަރަހައްދީ މުބާރާތްތަކަށްވުރެ ދުރަށެވެ. އަބަދުވެސް ރުޅި ގަދަ ސްޓިމަކްވަނީ އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕްގެ އިތުރުން މާލޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ.

ސްޓިމަކީ ކްރޮއޭޝިއާ އިން 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދިއިރު، އެ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް