
ބިދޭސީންގެ މައުލޫމާތު އެެއްކުރުމަށް ކުރަމުންދާ އެންމެފަހުގެ މަސައްކަތާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް "ސީއެންއެމް" އަށް މިއަދު މައުލޫމާތުދެއްވިއެވެ.
ހިތްމަފުށީގެ އިތުރުން މާފުއްޓަކީ މި ޕްރޮގްރާމްގެދަށުން މައުލޫމާތު އެއްކުރާ ދެވަނަ ރަށެވެ. މި އޮޕަރޭޝަން މާފުށީގައި ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނެސް ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އެބައޮތްކަމަށް ހޯމް މިނިސްޓްރީން މިފަހުން ހާމަކުރިއެވެ. އެގޮތުން މި ފައިސާ ހަލާސްކުރުމަށް ދިނީ މިއަދުގެ ނިޔަލަށެވެ.
އަދި މިއަދުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެކަމުގެ އިންޒާރުވެސް ހޯމް މިނިސްޓްރީން ދީފައިވެ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ހަރަކާތެެއްގައި ގޮތުގައި އޮޕަރޭޝަން "ކުރަނގި" މިނިސްޓްރީން ފެށީ މިދިޔަ މޭމަހުގެ 2 ވަނަދުވަހު ހިންމަފުށީގަ އެވެ.