ads
ފޮޓޯ: ހއ. އަތޮޅު ހޮސްޕިޓަލް
ހއ. އަތޮޅުގެ 13 ރަށަކަށް 52 ނަރުހުން ހޯދަނީ
ހއ. އަތޮޅުގެ 13 ރަށަކަށް 52 ނަރުހުން ހޯދަން ހއ. އަތޮޅު ހޮސްޕިޓަލް އިން އިއުލާން ކޮށްފި އެވެ.

ހއ. އަތޮޅު ހޮސްޕިޓަލް އިން ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ އަތޮޅުގެ 13 ރަށަކަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދާ ކަމަށޭވެ. 

އެގޮތުން، ދިވެހި ނަރުހުން ހޯދާ 13 ރަށަކީ ހއ އަތޮޅު ހޮސްޕިޓަލް، ހއ ބާރަށް ސިއްހީ މަރުކަޒު، ހއ މުރައިދޫ ސިއްހީ މަރުކަޒު، ހއ ތަކަންދޫ ސިއްހީ މަރުކަޒު، ހއ ހޯރަފުށީ ސިއްހީ މަރުކަޒު، ހއ ތުރާކުނު ސިއްހީ މަރުކަޒު، ހއ އުލިގަމް ސިއްހީ މަރުކަޒު، ހއ މޮޅަދޫ ސިއްހީ މަރުކަޒު، ހއ ކެލާ ސިއްހީ މަރުކަޒު، ހއ ވަށަސިފަރު އްހީ މަރުކަޒު، ހއ ފިއްލަދޫ ސިއްހީ މަރުކަޒު، ހއ މާރަންދޫ ސިއްހީ މަރުކަޒު އަދި ހއ އުތީމު ސިއްހީ މަރުކަޒަށެވެ.  

މި ގާމުގެ ޝަރުތުތަކުގެ ތެރޭގައި، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވުން އަދި ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން ހިމެނެ އެވެ.   

މި ވަޒީފާ އަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތަކަކީ: 

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ 
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

މި ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި، އެ ހޮސްޕިޓަލްގެ އިދާރީ އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މި ފޯމަށް އެދި ހުށަހެޅޭ ސުންގަޑި އަކީ، 30 ޖޫން 2024 ވާ (އާއްދީތަ) ދުވަހުގެ 13:00 ގެ ކުރިން، ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް