ads
އިލެކްޝަންސް ކޮމިޝަނުންގެ މެމްބަރުން
ދައުލަތުން ސިޔާސީ ޕާޓީތަކަށް 44 މިލިއަން ރުފިޔާ ދޫކޮށްފި
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 44 މިލިއަން ރުފިޔާ ދީފި އެވެ.
Advertisement

ބަޖެޓުން 44 މިލިއަން ރުފިޔާ ދީފައިވަނީ ހަ ސިޔާސީ ޕާޓީއަކަށެވެ. އެއީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން 10،000 އަށް ވުރެން ގިނަ މެންބަރުން ތިބޭ ޕާޓީތަކެވެ. 

ސިޔާސީ ޕާޓީޓަކަށް ފައިސާ ދޫކުރަނީ ޕާޓީތަކަށް މެންބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އިލެކްޝަންސްގެ ދަފްތަރުގައި 10،000 މެންބަރުންނާއެކު އޮތީ މި ވަގުތު ހަ ސިޔާސީ ޕާޓީއެކެވެ.

މެއި މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކަށް ފައިސާދޫކޮށް ނިމިފައިވާއިރު، އެންމެ ގިނަ ފައިސާ ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ. އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާވަނީ ލިބިފަ އެވެ. 

އެމްޑީޕީއަށް ފަހު އެންމެ ގިނަ ފައިސާ ލިބިފައިވަނީ ޕީޕީއެމްއަށެވެ. ޕީޕީއެމަށް 10 މިލިއަން ރުފިޔާ ދީފައިވާއިރު، ކޯލިޝަން ޕާޓްނަރު އަދި ވެރިކަން ކުރާ ޕީއެންސީއަށް އަށް މިލިއަން ރުފިޔާ ދީފައިވެ އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރިއިރު، ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް، 5.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އަދާލަތު ޕާޓީއަށް 2.5 މިލިއަން ރުފިޔާ އަދި ސަން ސިޔާމްގެ އެމްޑީއޭއަށް 2.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް