ads
ރާއްޖޭގެ ރަށެއްގައި މަގުމަތި: ކުރިން ރާއްޖޭގައި ވިހެއުން ކޮންޓްރޯލު ކުރަން ގައުމީ ފެންވަރުގައި ހިތްވަރުދިން
އާބާދީ މަދުވާތީ ގައުމީ ފެންވަރުގައި އަވަސް މަޝްވަރާތަކަށް ދާންޖެހޭ: މިނިސްޓަރު
ރާއްޖޭގައި ވިހާ ރޭޓް މަދުވެ، އާބާދީ އިތުރުވަމުން ނުދާތީ ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ކަންބޮޑުވުން ފާޅުކުރައްވައި އެވެ.
Advertisement

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ އުފަންވާ ރޭޓް ދަށަށް ދިޔުމުގެ މައްސަލަ ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ކަމަށާއި، އެފަދަ ގައުމުތަކުން މިހާރު އެކަމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. 

އެގޮތުން އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައް ދެމުންގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވަޒީފާ އަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމު ގައުމުތަކުގައި ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.

"ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާން ޖެހޭ، ވިހާ ރޭޓް މަދުވާ ނަމަ، ވަރަށް އަވަހަށް މިކަމާ ގުޅިގެން ގައުމީ ފެންވަރުގައި މަޝްވަރާތަކަކަށް ދާން ޖެހޭ" މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އެންމެ ފަހުން 2022 ގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ އަށް ރިއާޔަޔްކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފައިވާ ގޮތުގައި 2014 ގައި ބޯހިމެނި އިރު، ރާއްޖޭގެ އާބާދީ އަކީ 338434 ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީ އަކީ 382751 އެވެ.

އެހެންވެ އެންމެ ފަހުން ބޯހިމެނުން ކުރިއަށް ގެންދިއުމާ ދޭތެރޭގައި ދިޔަ އަށް ތެރޭގައި އާބާދީއަށް އިތުރުވީ 44317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ.

ހަމަމިއާއެކު މި މުއްދަތުގައި ރާއްޖޭގެ ދޮށީ އުމުރުގެ އާބާދީ އިތުރުވެގެންދާނެ އެވެ. މިހާރު އޮތް ގޮތަށް އޮވެއްޖެނަމަ ރިޓަޔާވާ ބޮޑު އާބާދީއަކާއެކު މަސައްކަތްކުރާ އުމުރުގެ އާބާދީ ކުޑަވުމުގެ ސަބަބުން ގައުމުގެ ހިންގުމަށް ބުރަ ބޮޑުވެގެންދާނެކަމުގެ ކަންބޮޑުވުން އެކިފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

ރާއްޖޭގެ އާބާދީ މިހާރު އިތުރުވަމުން ނުދަނީ މީގެ ކުރީ ސަރުކާރުތަކުން އާބާދީ ބޮޑުތަނުން ކޮންޓްރޯލު ކުރުމަށް ގެންގުޅުނު ބައެއް ސިޔަސާސަތުގެ ސަބަބުން ކަމަށް ލަފާކުރެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް