ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ބިދޭސީން މަސައްކަތު އުޅޭ ރަށުން އިތުރު ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަދަނީ
ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރަށެއްގައި މަސައްކަތްކުރާ ނަމަ، އެ ރަށަކުން ވެސް އިތުރު ޕާމިޓެއް ދޭންޖެހޭ ގޮތަށް ހަދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

އިހްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހުއްދަ ނަގަން އާ އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

އެއީ މިހާރު ވެސް އޮތް ނިޒާމުގެ ތެރެއިން ރަޖިސްޓްރީވުމަށް ފަހު ރަށުން ނުވަތަ ސިޓީ ކައުންސިލުން އޮންލައިންކޮށް ނަގަންޖެހޭ ހުއްދައެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

ރަށްރަށުގައި މަސައްކަތް ކުރަން ގެންދާ ބިދޭސީންގެ ދަފްތަރެއް ކައުންސިލްގައި އޮންނަންޖެހޭ ގޮތަށް އުސޫލުތައް ހެދިފައިވީ ނަމަވެސް މިއީ ކައުންސިލްތަކުން މާބޮޑު އިސްކަމެއް ދީގެން ތަންފީޒު ކުރާ ކަމެއް ނޫނެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ގާއިމްކުރެވިފައިވާ ނިޒާމަށް ބަދަލުތަކެއް ގެނައުމުން ބިދޭސީ މަސައްކަތްތެރިން ޖެހޭނީ އެ ރަށަކަށް އަލުން ރަޖިސްޓްރީވާން ކަމަށާއި އެކަަމަށް އެދުމުން ކައުންސިލްތަކުން އެކަން އެޕްރޫވްކޮޑް ޕާމިޓް ދޫކުރާނެ ކަމަށެވެ. އަދި މިއީ މިއީ "އައިޓީ ބޭސްޑް ސޮލިއުޝަނަކަށް" ވާނެ ކަމަށް ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މިހާރު އަންނަނީ ބިދޭސީންގެ މައުލޫމާތު އެއްކުރަން "ކުރަނގި" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް