ads
ޕޫޓިންއަށް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން މަރުހަބާ ދަންނަވަނީ
24 އަހަރަށް ފަހު ޕޫޓިން މިއަދު އުތުރު ކޮރެއާއަށް ވަޑައިގެންފި
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން 24 އަހަރަށް ފަހު ދެންމެ އުތުރު ކޮރެއާއަށް ވަޑައިގެންފި އެވެ.
Advertisement

އުތުރު ކޮރެއާގެ ޕިޔޯންގްޔެންގް އެއާޕޯޓުން ޕޫޓިންއަށް މަރުހަބާ ވިދާޅުވީ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އެވެ.

ޕޫޓިން އަދި ކިމްގެ ރަސްމީ ބައްދަލުވުންތަށް ފެށުމުގެ ކުރިން އެއާޕޯޓުގައި ވެސް ދެ ބޭފުޅުން "90 މިނިޓްސް" މަޝްވަރާކުރެއްވި ކަމަށް ހުޅަނގުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ދަތުރުގައި ރައީސް ޕޫޓިންގެ އަރިހުގައި ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޫސޮވް އާއި ދިފާއީ ދާއިރާ ބަލަހައްޓަވާ ބޮޑުވަޒީރުގެ އެންމެ އިސް ނައިބު ޑެނިސް މަންޓޫރޯވް ވެސް ވަނީ އުތުރު ކޮރެއާއަށް ވަޑައިގަންފަ އެވެ.

މިއަދު އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ރަސްމީ ނޫހުގައި ޝާއިއުކޮށްފައިވާ ޕުޓިންގެ ސިޓީއެއްގައި އޭނާ ވިދާޅުވެފައިވަނީ ރަޝިޔާއާއި އުތުރު ކޮރެއާގެ މެދުގައި ރަނގަޅު ގުޅުންތަކެއް އުފެދިފައިވާ ކަމަށާއި، އެ ގުޅުންތަކުގެ އަސާސަކީ ދެ ގައުމުގެ މެދުގައި ބާއްވާ ހަމަހަމަކަމާއި އިހުތިރާމާއި އިތުބާރު ކަމަށެވެ. 

އަދި ޕޫޓިންގެ މި ދަތުރަށް ފަހު މިސްކޯއާއި މި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ދާނެކަމަށެވެ. އަދި ވިޔަފާރިއާއި އަސްކަރީ ގުޅުމުގެ އިތުރު އެއް ބަސްވުންތައް އާވެ މުޅިން އާ "ސޮފްހާ" އެއް ހުޅުވިގެން ދާނެ ކަމަށެވެ.

ޕޫޓިން އުތުރު ކޮރެއާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި އުތުރު ކޮރެއާއަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި އެވެ.

އެގޮތުން، ރަޝިއާއަށް ދަތިކުރަން ބައެއް ނުފޫޒުގަދަ ގައުމުތަކުން އަޅާފައި ހުރި ފިޔަވަޅުތަކުން ރަޝިއާ ސަލާމަތްވުމުގައި އުތުރު ކޮރެއާގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ޔުކްރޭންގައި ކާމިޔާބުކަމާ އެކު އަސްކަރީ އޮަޕަރޭޝަނެއް އުތުރު ކޮރެއާގެ އަސްކަރީ އެހީތެރިކަން ނުލިބުނު ނަމަ، ނުހިންގޭނެ ކަމަށެވެ.

your imageކިމްގެ ބައްޕާފުޅު ކޮމް ޖޮންގެ ވެރިކަމުގައި ޕޫޓީން އުތުރު ކޮރެއާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން: މީ މީގެ 24 އަހަރު ކުރި

އެންމެ ފަހުން ޕުޓިން އުތުރު ކޮރެއާއަށް ޒިޔާރަތް ކުރެއްވީ ރަޝިޔާގެ ރައީސްކަމާ އޭނާ ހަވާލުވެ ވަޑައިގެން 2000 ވަނަ އަހަރު އެވެ. އެއިރު އުތުރު ކޮރެއާގެ ވެރިކަން ކުރެއްވީ ކިމްގެ ބައްޕާފުޅު ކޮމް ޖޮން އެވެ.

އުތުރު ކޮރެއާއަށް ޕޫޓިން ކުރައްވާ މި ދަތުރަކީ ނިމުނު އަހަރު އެ ގައުމުގެ ލީޑާރު ކިމް ޖޮން އުން ރަޝިއާއަށް ވަޑައިގެން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް