ads
ޖޯޖިއާ - ތުރުކީ މެޗުގެ ތެރެއިން
ޖޯޖިއާ އަތުން ތުރުކީ މޮޅުވެއްޖެ
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަންގާރަ ދުވަހުގެ ރޭ ޖޯޖިއާ އަތުން ތުރުކީ މޮޅުވެއްޖެއެވެ.

ޖޯޖިއާ އަތުން ތުރުކީ އަންގާރަ ދުވަހުގެ ރޭ އިރާކޮޅު މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މި މެޗުން ތުރުކީ މޮޅުކޮށްދިން ލަނޑު ޖެހީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަރްދާ ގުލާ އެވެ.

އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ކުޅުނު މި މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ތުރުކީންނެވެ. ތުރުކީއަށް ލީޑް ނަގައިދިނީ 25 ވަނަ މިނިޓްގައި މާތް މަލްޑަރ އެވޖޯޖިއާއިން ނަތީޖާ ހަމަހަމަ ކުރީ 31 ވަނަ މިނިޓްގައި ޖޯޖް މިކައުޓަޑްޒް ޖެހި ލަނޑުންނެވެ.

ތުރުކީއަށް އަލުން ލީޑު ނަގައިދިނީ އ65 ވަނަ މިނިޓްގައި ގްލާ ޖެހި ލަނޑާއެކެވެ. މިއާއެކު ގުލާ ވެފައިވަނީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހި ޓީނޭޖް ތިންވަނަ ކުޅުންތެރިޔާ އަށެވެ.

ތުރުކިޔޭގެ ތިންވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ކަރީމް އަކްތޫރުކޮގްލޫ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް