ads
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ: އަހަރުގެ މިހާތަނަށް އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ވަނީ ދަށަށް ގޮސްފައި - ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ
އަހަރުގެ މިހާތަނަށް އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ދަށަށް
މި އަހަރުގެ މިހާތަނަށް އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ސަރުކާރުން ކުރި ހޭދަ ދަށްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައި ވަނީ 3.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އަހަރު ހޭދަކޮށްފައިވާ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 50 އިންސައްތަ ދަށް އަދަދެކެވެ.

އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ބަޖެޓުގައި 13 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ހޭދަކޮށްފައި ވަނީ 26 އިންސައްތަ އެވެ.

މަޝްރޫއުތަކަށް މި އަހަރު ކުރަމުން އަންނަ ހަރަދު ކުޑަވެފައި ވަނީ މަގު ހެދުމާއި އެއާޕޯޓު މަޝްރޫއުތަކަށް ކުރި ހޭދަ ކުޑަވުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ މި މަހާ ހަމައަށް އެފަދަ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މި އަހަރުގެ ޖޫން މަހާ ހަމައަށް ހޭދަކޮށްފައި ވަނީ 300 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މިިދިޔަ އަހަރަށް ވުރެ ޖުމްލަ ހަރަދުގެ ގޮތުގައި މި އަހަރު ކުރި ހޭދަ 2.4 ބިލިއަން ރުފިޔާ ކުޑަ އެވެ. އެންމެ ބޮޑަށް ހޭދަތައް ކުޑަކޮށްފައި ވަނީ ޕްރޮޖެކްޓްތަކުންނެވެ. އެހެންނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު ހިންގުމުގެ ހަރަދު ވަނީ އިތުރުވެފަ އެވެ. ހިންގުމުގެ ހަރަދަށް 700 މިލިއަން ރުފިޔާ އިތުރުވިއިރު، އޭގެން ބޮޑު ބައެއް ހޭދަ ވަނީ މުވައްޒަފުންގެ މުސާރަ ދިނުމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް މުސާރައަށް 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 600 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި އަހަރަށް ކަނޑައަޅާފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 18.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް