ads
ޕޮލިސް ވެހިކަލެއް
މާލޭގައި ކުށްކުރުން އިތުރުވެއްޖެ ކަމަށް ފުލުހުން އެއްބަސްވެއްޖެ
މާލޭގައި ކުށްކުރުން އިތުރުވެއްޖެ ކަމަށް ފުލުހުން އެއްބަސްވެއްޖެ އެވެ.
Advertisement

"މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" މި ސުރުހީގައި ލިޔެފައިވާ ރިޕޯޓެއް ފުލުހުންގެ މީޑިއާ ވަޓްސް އެޕް ގްރޫޕުގައި ހިއްސާ ކުރެއްވުމަށް ފަހު، ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެއީ ހިތި ހަގީގަތް ކަމަށް ފުލުހުން ގަބޫލު ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުށްކުރުން އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ ފުލުހުންނަށް ޒަމާނީ ވަސީލަތްތަކެއް ލިބުން ދަތިވުމުން ފުލުހުން ތިބީ ވަރަށް ބޮޑު "ކާރިސާއެއްގައި" ކަމަށެވެ.

މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާ އަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ބުނެފައިވެ އެވެ. 

ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވައްކަމުގެ 285 މައްސަލަ އައި މިދިޔަ މެއި މަހު ވައްކަމުގެ 244 މައްސަަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް