ރޮއިޓާސްއިން ހާމަކޮށްފައިވާ ސްޓެޓިސްޓިކްސްއަށް ބަލާއިރު، ކޮންމެ ޓީމަކުންވެސް އެއް މެޗު ކުޅެ ނިމުނު އިރު، އެންމެ ގޯލް އެޓެމްޕްޓް ހެދި ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ ފަސް އެޓެމްޕްޓް ތަފާސް ހިސާބުތަކުން ދައްކާއިރު ތިން ޝޮޓް ގޯލަށް އަމާޒުވިއެވެ.
ގޯލް އެޓެމްޕްޓްގެ ސްޓެޓުގައި ރޮނާލްޑޯއާ އެންމެ ގާތުގައިވަނީ ފްރާންސްގެ މާކަސް ތުރަމް އަދި ޖޯޖިއާގެ ޖޯޖް މިކައުޓަޒޭ އަދި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންއެވެ. ރޮނާލްޑޯ ފިޔަވައި ދެން ތިބި ކޮންމެ ކުޅުންތެރިއަކުވެސް ހަތަރު އެޓެމްޕްޓް ކޮށްފައިވެއެވެ.
މުބާރާތުގައި މިހާތަނަށް 34 ގޯލު ޖަހާފައިވާއިރު، އޭގެ ތެރެއިން ތެރެއިން ހަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ފަނަރަ މިނިޓްގެ ތެރޭގައެވެ. ފުރަތަމަ ބައިގަޑިއިރު ތެރޭގައި 14 ގޯލް ޖަހާފައިވާއިރު، 90 މިނިޓުގެ ފަހުން ޖަހާފައިވަނީ ހަތަރު ގޯލެވެ.
ގޯލްގެ އެވަރަޖަކީ މެޗަކަށް، 2.84 ނުވަތަ ކޮންމެ 32 މިނިޓަކުން ލަނޑެކެވެ. ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅުނު އިރު އެންމެ ލަނޑެއްވެސް ނުޖެހެނީ ފަސް ޓީމަށެވެ.
ލަނޑުތަކަށް ބަލާއިރު، ޔޫރޯގެ ތާރީހުގައި އެންމެ އަވަހަށް ލަނޑު ޖެހީ އަލްބޭނިއާގެ ނެޑިމް ބަޖްރާމީ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގެ 23 ވަނަ ސިކުންތުގައި އަލްބޭނިއާ ލަނޑެއް ޖެހި ނަމަވެސް މެޗުންވީ ބައްޔެވެ.
ބޯލް ޕޮޒިޝަނަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ރޮނާލްޑޯގެ ޕޯޗުގަލްއެވެ. ޕޯޗުގަލް 69 ޕަސެންޓާއެކު ޕޮސިޝަން ނަމްބަރުގައި ލީޑު ނަގާފައިވާއިރު، ސްކޮޓްލޭންޑް އަތުން 5-1 އިން މޮޅުވެ ހޯސްޓް ޖަރުމަނުން ވެސް ހަމަ އެފަދައިން 68 ޕަސެންޓް ޑޮމިނޭޓް ކުރި އެވެ.
ޕާސިން އެކުއިރެސީގައި އެއްވަނައިގައި އުޅެނީ ޖަރުމަނެވެ. އެއީ 94 ޕަސެންޓް ޕާސް އެކިއުރޭޓް ކޮށްގެނެވެ. އެންމެ ގިނަ ޓެކުލް ޖެހި ޓީމަކަށް ބަލާއިރު، މި ރިކޯޑް ލިބެނީ އިގިރޭސިންނާ ދެކޮޅަށް ކުޅުނު ސާބިއާއަށެޗެ. ސާބިއާއިން 20 ޓެކުލް އެ މެޗުގައި ޖެހިއެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ވަކިވަކި ކުޅުންތެރިންގެ ސްޕީޑަށް ބަލާއިރު، އެއްވަނަ ހޯދާފައިވަނީ ބެލްޖިއަމްގެ ޖެރެމީ ޑޯކުއެވެ. އޭނާގެ ސްޕީޑުގެ ގޮތުގައި ރިކޯޑް ކުރެވިފައިވަނީ 35.3 މޭލެވެ. މި ލިސްޓުގައި ދެން ހިމެނެނީ ޑެންމާކުގެ ރަސްމޫސް ހޮއިލަންޑްގ އަދި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއެވެ.
މިހާތަނަށް ކުޅުނު މެޗުތަކުގެ ސްޓެޓްސްއަށް ބަލާއިރު ހުރިހާ ގޮތަކަށް ޖުމްލަ އެއްމެ ގަދަ ޓީމަކީ ޖަރުމަނެވެ.