މި ލަކީޑްރޯއިން ދިން އެއާބްލޭޑް 160 ސީސީގެ ރެޑް އެޑިޝަންގެ ސައިކަލު ލިބުނީ ކުޑަކުޑަ ކުއްޖެއް ކަމަށްވާ ޔޫހާ އަށެވެ. ޔޫހާއަށް ލިބުނު ސައިކަލު އީދު ހަދިޔާއެއްގެ ގޮތުގައި ހަދިޔާކޮށްފައި ވަނީ އޭނާގެ ބައްޕައަށެވެ.
އީދާ ގުޅިގެން ހުޅުމާލޭގައި ތިން ދުވަހަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ބޮޑު މަސް ދުއްވުމާއި ކޯޑި ކެނޑުމާއި މާލީ ޕެރޭޑާއި ކުޑަކުދިންގެ ހަވީރަކާއި ހަވާ އެރުވުމުގެ ހަރަކާތެއްގެ އިތުރުން ދިރާގު އީދު ޝޯ ހިމެނެ އެވެ.
މި އަހަރުގެ ބޮޑު އީދަކީ ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހު ދިރުވައިދިން އީދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ކަމުދާނެ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމުގަ އެވެ.