ads
ކްރޮއޭޝިއާގެ މޮޑްރިޗް
އަލްބޭނިއާއާ އެއްވަރުވެ ކްރޮއޭޝިއާ ޕްރެޝަރަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލްބޭނިއާއާ ފަހު ވަގުތު އެއްވަރުވެ، ކްރޮއޭޝިއާ ޕްރެޝަރަށް ވެއްޓިއްޖެއެވެ.

ކްރޮއޭޝިއާއާ އަލްބޭނިއާ ކުޅުނު މެޗު އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ. އަލްބޭނިއާއިން އެއްވަރު ކުރީ، މެޗުގެ އިތުރު ވަގުތުއެވެ. 

މި މެޗުގެ ނަތީޖާއާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން އަދި 2022 ވަނަ އަހަރު ވޯލްޑްކަޕްގެ ތިންވަނަ ހޯދި ކްރޮއޭޝިއާ އަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގައި އުނދަގޫތަކާ ކުރިމަތިވެފަ އެވެ. ކްރޮއޭޝިއާ ވަނީ ފުރަތަމަ މެޗުގައި ސްޕެއިން އަތުން 3-0 އިން ބަލިވެފަ އެވެ. ދެ މެޗުން ޕޮއިންޓަކާއެކު ކްރޮއޭޝިއާ މިވަނީ ޕްރެޝަރަށް ވެއްޓިފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާ ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ. މި ގްރޫޕުގައި ދެން އޮތީ ސްޕެއިންއެވެ. ޕޮއިންޓް ޓޭބަލްގައި ކްރޮއޭޝިއާ ފުލުގައި އޮތީ ދެ މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ. ސްޕެއިން އެއްވަނައިގަ އޮތް އިރު އިޓަލީ އޮތީ ދެވަނައިގައެވެ. އެކަމަކު މި ދެ ޓީމު އަދި ކުޅުނީ އެންމެ މެޗެކެވެ. މި ގްރޫޕުގައި އިޓަލީއާ ސްޕެއިން ކުޅޭނީ މާދަމާރޭ ދަންވަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް